ވާރކްޕާމިޓް ހައްދައިގެން އެކި ވަޒީފާތަކަށް އަންނަ ނަންފްރޮފެޝަނަލް ގިންތީގެ ބިދޭސީން ރާއްޖެ އަންންއިރު އެމީހުން ގެނައުމަށް ރާއްޖެއިން ޙަވާލުވެފައިވާ އެޖެންސީތަކުން ފްލައިޓްޖެއްސުމުގެ އެއްގަޑިއިރު ކުރިން އެއާޕޯޓް އިމިގްރޭޝަން، މިކަމަށް ޚާއްސަކުރެވިފައިވާ އޮފީހުގައި ރަގިސްޓްރީ ކުރަންޖެހޭނެކަން މިޑިޕާޓްމަންޓްގެ ސަރކިއުލަރ ނަންބަރ 94-D/2005/01 އިން 8 ޖޫން 0520ގައި ވާނީ އެޖެންސީތަކަށް އެންގިފައެވެ. އަދި 19 ޖޫން 2008 ގައި ނެގެވުނު އިސްލާހްގެ ދަށުން ނަންފްރޮފެޝަނަލް ގިންތީގެ ބިދޭސީންގެ ތެރެއިން ހަވާލުވާން ޖެހޭނީ ހަމައެކަނި ބަންގްލަދޭޝް އާއި އިންޑިޔާގެ ރައްޔިތުންނާއި ކަން މިޑިޕާޓްމަންޓްގެ އިޢުލާން ނަންބަރު 94-D/2008/877އިން ވާނީ އާއްމުކޮށް އެންގިފައެވެ. މިދެންނެވި މީހުން ރާއްޖެ އަންނައިރު އެމީހުންނާއި ހަވާލުވާނެ ފަރާތެއް އެއާޕޯޓަށްގޮސް ނެތްނަމަ އެމީހުން ގެނެވޭނީ އިމިގްރޭޝަންގެ ޙަވާލުގައި މާލެއަށެވެ. މާލެގެނެސް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ގިނަދުވަސްތަކެއް ވަނަދެން މިފަދަ މީހުން ބައިތިއްބަން ޖެހުމުން ތަފާތު ސިއްޙީ އަދި އެހެނިހެން މައްސަލަތައް ދިމާވަމުންދާކަން ފާހަގަކުރަމެވެ.
އަދި މިފަދަ ފަރާތްތަކާއި އެއާޕޯޓުން ޙަވާލުވުމާއި މިފަދަ ފަރާތްތައް ރާއްޖެ އައުމުން އެމީހުންނަށް ވަޒީފާ ދީފައިވާ ފަރާތާއި ހެޔޮގޮތުގައި ޙަވާލުކުރުމަކީ މިފަދަ މީހުން ރާއްޖެގެނައުމަށް ޙަވާލުވެފައިވާ އެޖެންސީތަކުގެ ޒިންމާއެއް ކަމުގައި ދެންނެވީމެވެ.
ވީމާ 07 ޑިސެމްބަރ 2008 އިން ފެށިގެން ރާއްޖެއައް މަސައްކަތްކުރުމަށް އަންނަ ނަންފްރޮފެޝަނަލް ގިންތީގެ މީހުން އިމިގްރޭޝަންއިން ރަޖިސްޓްރީ/ އިގްރާރުކުރުން ހުއްޓާލުމަށް ވަނީ ހަމަޖެހިފައެެވެ.









