ތަޢާރުފްް
އެކިއެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށްދާ ދިވެހިންގެ އަދަދު އިތުރުވަމުން ދިއުމާއިގުޅިގެން ޕާސްޕޯރޓް ހެއްދުމަށްޓަކައި މި ޑިޕާރޓްމަންޓަށް އަންނަ ފަރާތްތަށްގިނަވެ، އަދި ވަގުތު އޮވެގެން ޕާސްޕޯރޓް ހައްދަވަންބޭނުންވާ ފަރާތްތަށްވެސް ކިޔޫގައިޖެހި ގިނައިރުތަކެއް ހޭދަކުރަންޖެހޭތީ، މިކަމަށް ލުއިގޮތެއް ނުވަަތަ ޙައްލެއް ހޯދައިދިނުމަށްޓަކައި މި ޑިޕާރޓްމަންޓުން ޑްރޮޕްބޮކްސްގެ ޚިދުމަތް ތަޢާރުފް ކޮށްފީމެވެ. މި ޚިދުމަތަކީ އަލަށް ތައާރުފު ކުރެވޭ ޚިދުމަތަކަށްވާތީ، ޚިދުމަތް ދިނުމުގައި ފުރަތަމަކޮޅު ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާކަމެކެވެ. ވީމާ، މިކަމުގައި ތިޔަފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލެއްވުން މި ޑިޕާރޓްމަންޓަށް ދެއްވުންއެދެމެވެ. މި ޚިދުމަތަކީ ދުރާލާ ޕާސްޕޯރޓްހައްދަން ބޭނުންވާފަރާތްތަކަށް އަމާޒުކޮށް ފޯރުކޮށްދެވޭ ޚިދުމަތަކަށްވާތީ މި ޚިދުމަތް ހޯދުމަށް ޑްރޮޕްބޮކްސް އަށް ފޯމު ލުމަށްފަހު އަވަސް ޚިދުމަތައް އެދުނުކަމުގައިވީނަމަވެސް އަވަސްކޮށްދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ، އަވަހަށް ޕާސްޕޯރޓް ހައްދަންބޭނުންވާ ފަރާތްތަކުން އަމަލުކުރާނީ ކުރިންވެސް ހަމަޖެހިފައިވާ އުސޫލުންނެވެ.
ޑްރޮޕްބޮކްސް ޚިދުމަތް ލިބުމުގެ ޝަރުތު
ޑްރޮޕްބޮކްސްގެ ޚިދުމަތަށް އެދޭ އިރު ތިރީގައިމިވާ ޝަރުތުތަށް ފުރިހަމަވާންޖެހޭނެއެވެ.
ދިވެހިރައްޔަތެއް ކަމުގައިވުން
1- ފޯމް ފުރިހަމަ ކޮށްފައިވުން
2- އެއް ގަނޑު ފޮޓޯ ( މިޑިޕާރޓްމަންޓުން ކަނޑައަޅާފައިވާ ޕާސްޕޯރޓް ފޮޓޯ މިންގަނޑަށް ހުންނަ ފޮޓޯއކަށްވުން އަދި ފޮޓޯ ތަތްކޮށްފައި ވުން)
3- ދިހަ ރުފިޔާގެ ރެވެނިޔު ސްޓޭމްޕް (ފޯމްގައި ތަތްކޮށްފައ)
4- ޕާސްޕޯރޓް ހެއްދުމުގެ އަގަށްވާ ފައިސާގެ ޗެކުގައި "ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން" އަށް ކްރޮސް ކޮށް "ބިއެރާ" އިންނަމަ ކަނޑާލުން
5- މި ޝަރުތު ތަކުގެ ތެރެއިން ނަމްބަރ، 4،3 އަދި 5 ގައިވަ ތަކެތި ސިޓީއުރައަކަށްލާ ބަންދުކުރުމަށްފަހު މިޑިޕާރޓްމަންޓުން އެކަމަށް ކަނޑައަޅާފައިވާ ފޮއްޓަށް ލުން
6- "ޑްރޮޕް ބޮކްސް" މެދުވެރިކޮށް ހުށައަޅާ ޕާސްޕޯރޓް ލިބިގަތުން
ޑްރޮޕް ބޮކްސް މެދުވެރިކޮށް ހުށައަޅާފޯމަކަށް ޕާސްޕޯރޓް ލިބިގަތުމަށް ޕާސްޕޯރޓްގެ ވެރިފަރާތުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ޙާޟިރުވާން ޖެހޭނެއެވެ.
1- ޕާސްޕޯޓް ބަލާއަންނައިރު އެންމެފަހުން ހައްދާފައިވާ ދިވެހިޕާސްޕޯރޓް ހުށައެޅުން
2- ޕާސްޕޯރޓްގެ ވެރިފަރާތަކީ މީލާދީގޮތުން 18 އަހަރު ނުވާ ކުއްޖެއްނަމަ އެކުއްޖާއަށް އޭނާގެ މަންމަ/ބަައްޕަ ނުވަތަ ޝަރުޢީ ބަލަދުވެރިޔާ މި ޑިޕާރޓްމަންޓަށް ޚާސިރުވުމުން ޕާސްޕޯރޓް ޙަވާލުކޮށްދެވޭނެއެވެ
3- ސަމާލުކަން ދޭންވީ ކަންތައް
ޕާސްޕޯރޓަށް އެދޭ ފޯރމް ފުރާއިރު (އައި،ޑީ ކާޑްގައިވާގޮތަށް ) މަޢުލޫމާތު ރަގަޅަށް ފުރިހަމަ ކުރުން އަދި ވެރި ފަރާތާގުޅޭނެ ފޯން ނަމްބަރ ޖެހުން (ޕާސްޕޯރޓް ނިމުމުން މިޑިޕާރޓްމަންޓުން ވެރިފަރާތާއި ޕާސްޕޯރޓް ޙާވާލުކުރުމަށް ގުޅާނެއެވެ، ވީމާ މިޑިޕާރޓްމަންޓަށް ދީފައިވާ ނަމްބަރަކީ ހުރިހާ ވަގުތެއްގައިވެސް ގުޅޭގޮތަށް ހަމަޖެހިފައިވާ ނަމްބަރަކަށް ވުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ).
1- ފޯމާއެކު ހުށައަޅާ ފޮޓޯ އަކީ މިގްރޭޝަނުން ޤަބޫލްކުރާ މިންގަޑަށްފެތޭ ފޮޓޯއެއްތޯ ބެލުން
2- ހައްދައިފައިވާ ދިވެހިރައްޔަތެއްކަން އަންގައިދޭ ކާޑަކީ 01 މެއި 2003 ގެފަހުން ހައްދާފައިވާ މުއްދަތުހަމަނުވާ އައިޑީ ކާޑަކަށްވުން
3- ޕާސްޕޯޓަށް އެދޭ ފޯމުގައި ބުނެފައިވާ ތަކެތި ހަމައަށް ހުރިތޯބެލުން
4- ޑްރޮޕްބޮކްސް މެދުވެރިކޮށް ޕާސްޕޯރޓް ހެއްދުމަށްޓަކައި މިޑިޕާރޓްމަންޓަށް ހުށައެޅޭ ފޯމުތައް ޗެކްކުރުމުގައި މަޢުލޫމާތު ފުރިހަމަނުވާ ފޯމުތަކާއި، ފޯމާއެކު ހުށައަޅަންޖެހޭތަކެތި ހަމަނުވާ ފޯމުތައް މިޑިޕާރޓްމަންޓުން ބަލައެއްނުގަންނާނެއެވެ. މިގޮތުން ޤަބޫލުނުކޮށް އަބުރާފޮނުވާލެވޭ ފޯމުތައް ޖެހިގެން އަންނަ ސަރުކާރު ހުޅުވިފައި ހުންނަ ރަސްމީގަޑީގައި ބަލާއައުމަށް އަންގާ އެތަކެތި ބަލާއައުމުން ވެރިފަރާތާއި ރައްދުކުރެވޭނެއެވެ.









